ޚަބަރު ސިޔާސީ

ކޯލިޝަން ހަދަން ޑރ. މުއިއްޒު އާއި ރައީސް ޞާލިޙް ގުޅައިފި: ފާރިސް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރެއްވުމަށް އެދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ގުޅުއްވައިފިކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޞާލިޙްއާއި މުއިއްޒު ފާރިސްއަށް ގުޅުއްވާފައިވާތީ އެކަން ޙިއްސާކުރައްވަމުން ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާގެ މެނިފެސްޓޯގައި އިއުލާންކޮށްފައިވާ ގޮތަށް މަޤާމްތައް އަލުން ކިޔުއްވައިދެއްވާނެކަމަށާއި އެކަމުގައި ނިންމާ ގޮތެއް ރައްޔިތުންނާއި ޙިއްސާކުރައްވާނެކަމަށެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 3004 (%1.37) ވޯޓެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ދެވަނަ ބުރުގައި ވާދަ ކުރައްވާނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!