ޚަބަރު ސިޔާސީ

ގާސިމްއާ ބައްދަލުކުރައްވަން ރައީސް ޞާލިޙް ސަން އައިލެންޑަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ރައީސްް އިބްރާހީމް މުޙައްމަދު ޞާލިޙް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިޙްގެ އަރިހުގައި އެމްޑީޕީއާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

ރައީސް ޞާލިޙް ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގަންނަވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ މައި އިދިކޮޅު ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ވަނީ އިއްޔެ ގާސިމާ ބައްދަލުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގައި 17000 އެއްހާ މެމްބަރުން ހިމެނޭއިރު ނިމިދިޔަ އިންތިހާބުގައި ގާސިމަށް ލިބިލެއްވީ އެންމެ 5460 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 2.4 ޕަސެންޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!