ޚަބަރު ސިޔާސީ

ހިޔާ ފްލެޓްތައް ހަދަން ރައްޔިތުން ހަރަދުކުރި އަދަދުގެ އެވަރޭޖް އަދަދެއްގެ ފައިސާ އަނބުރާ ދޭނަން: ޑރ. މުއިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ ފްލެޓްތައް ހަދަން ރައްޔިތުން ހަރަދުކުރި އަދަދުގެ އެވަރޭޖް އަދަދެއްގެ ފައިސާ އަނބުރާ ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކަންތައްތައް ކުރުމަށް ފަސް "އޮޕްޝަނެއް" ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެތަންތަން ނިންމުނަށް ހަރަދުވާ 46 މިލިއަންގެ ލޯނު އެޗްޑީސީން ނަގާގޮތަށް އޭރު ނިންމާފައިވާ ކަމަށެވެ.

"އެ ލޯނުގެ ބޭނުންކޮށްގެން ކޮންމެ ފަރާތަކަށް ދޭނެއޭ މިފެންނެވި ފަސް އޮޕްޝަން. ދީފަ އޭގެން ހިޔާރުކުރާ އޮޕްޝަންއަަކަށް އެތަން ނިންމާ ތަޅުދަނޑިއާ އެކީގަ ޕްލެޓް ހަވާލުކުރާ ގޮތަށޭ އޭރު އިނީ" މުޢިއްޒު ވިދާޅުވިއެވެ.

އެގޮތަށް ނިންމާފައި އޮއްވާ މި ސަރުކާރުން އައިސް އެ ލޯނުވެސް ދޫކޮށްފައިވާ ކަމަށާއި ތަން ވެސް ނުނިންމާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ހަވާލުކުރީ ހަމައެކަނި ހަތަރު ފާރު ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުން ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި "އެވްރެޖްކޮށް" އެތަންތަން ހަދަން ދިޔަ ހަރަދަށް ބެލުމަށް ފަހު ކުރިން ވެސް ރާވާފައިވާ ގޮތަށް އަނބުރާ ދައްކާނެ ކަމަށެވެ.

"އެވްރެޖް އަގެއް އިނގޭތޯ, އޭރުގަ އެ ކުރެވުނު ހިސާބަށް ބަލާފަ ހަމަ އެ އަދަދަށް ލޯނެއް އެޗްޑީސީން ނަގައިގެން ރައްޔިތުންގެ އަތުން ދިޔަ އަދަދު އެވްރެޖްކޮށްފަ ދައްކާދޭނަމޭ" މުޢިއްުޒު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ފެނިސީ

    ގުނބޯހައްދަން ނޫޅޭ! އެ ޚަރަދުގެ ބިލްތަކެއް ނުހުންނާނެ. ފުރަންޖެހޭ ފޯމު ދުވަހަކުވެސް ފުރިހަމަވާތަނެއް ނާންނާނެ.

  2. ސަރަގު

    ކަލޭ ވައްކަން ކޮށްގެން ނަގާފަ ހުރި ފައިސާ ހުރިކަން ނޭނގިގެން ނުއުޅޭ ބަޔަކު. ކަމާއިބެހޭ ފަރާތްތަކުން މިކަންވީހާ އަވަހަކަށް ބަލަން އެބަޖެހޭ.