Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިންތިޚާބުގައި ބޭރުގެ އޮބްޒާވަރުންނާއި ދިމާކުރި މަންދޫބުން ސަސްޕެންޑުކޮށްފި

އިންތިޚާބުގައި ބޭރުގެ އޮބްޒާވަރުންނާއި ދިމާކުރި މަންދޫބުން ސަސްޕެންޑުކޮށްފި

ސެޕްޓެންބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވުކުރުމަށް ހަރަކާތްތެރިވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންތަކަށް ފުރައްސާކުރި މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑްކޮށް، އެ މީހުން ހުއްދަ އިލެކްޝަން ކޮމިޝަނުން ބާތިލްކޮށްފި އެވެ.

އިންތިހާބު އޮބްޒާވް ކުރަން އައި އިންޑިއާގެ އޮބްޒާވަރުންނަށް ފުރައްސާރަކުރީ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ކަމަށާއި އެއީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށްވާތީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޚާއްސަ ޖަލްސާގައި އެ ދެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އެ ޖަލްސާގައި ނިންމީ އެ މީހުންނަށް މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ކުރިޔަށް އޮތް ބޮޑު ދެ އިންތިހާބުގެ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.

މީގެ އިތުރުން، ސަސްޕެންޑުކުރި ދެ މީހުންގެ ބަދަލުގައި އޮބްޒާވަރެއް އަދި މަންދޫބެއް ނެގުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ ދެ އޮބްޒާވަރަކާ ދިމާލަށް އެދެމީހުން ވަނީ ވަރަށް ހަޑިކޮށް އެއްޗެހި ގޮވާފައެވެ.

އިލެކްޝަން ކޮމިޝަނުން ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭރުގެ އޮބްޒާވަރުންތަކަކަށް އެގޮތަށް ދިމާކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް