ޚަބަރު އިޖުތިމާޢީ

ކުޅުދުށްފުށީ ސިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުނަށް އެހީވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށި ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 7 މީހުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން އެހީވަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

Ads by Hajj Corporation

މި ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ހުންނަ "ރޯނުގެ" ނަމަކަށް ކިޔާ ގޭގައި ކަމަށާއި އެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

މީގެ އިތުރުން ކެއުންބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދެމުން އަންނަ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

އެންޑީއެމްއޭ އިން ބުނީ ހާލުގައި ޖެހުނު 7 މީހުންނަށް މި އިންތިޒާމުތައް ހަމަޖައްސައިދީފައި ވަނީ ކުޅުދުށްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވާ ހދ. ނޮޅިވަރަމަށް ނިސްބަތްވާ އާއިލާ އެއް ދިރިއުޅެމުން އައި ކުޅުދުއްފުށީ ސިޓީގައި ހުންނަ ރޯނުގެއަށް މި ހާދިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ގޭގައި އަލިފާން ރޯވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 2:30 ހާއިރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!