Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާއެއް ނުދެން، ދައުރުވަނީ ތެދު ޚަބަރެއް ނޫން: އަލީ އާރިފް

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާއެއް ނުދެން، ދައުރުވަނީ ތެދު ޚަބަރެއް ނޫން: އަލީ އާރިފް

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމުން ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އިސްތިއުފާ ނުދޭ ކަމަށާއި ދައުރުވަމުން އަންނަނީ ތެދު ޚަބަރެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު އަލީ އާރިފް ވަނީ ޕާޓީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައި ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

އަލީ އާރިފް ޖޭޕީގެ ސެކްރަޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޫބަރު 23، 2019 ގައެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން އަލީ އާރިފް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވި ކަމަށް ދައުރުވަމުން އަންނަ ޚަބަރާއި ގުޅިގެން "ދެން އޮންލައިން" އިން އަލީ އާރިފް އަށް ގުޅާލެއްވުމުން އޭނާ ވިދާޅުވީ ދައުރުވަމުން އަންނަނީ ތެދު ޚަބަރެއް ނޫން ކަމަށާއި އެ މަޤާމުން އިސްތިއުފާ ނުދޭ ކަމަށެވެ.

އަދި އިސްތިއުފާ ދެއްވާނީ ލީޑަރާއި ވާހަކަދެއްކެވުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް