ޖުމްހޫރީ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޖެނެރަލަކަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަންކުރައްވައިފި އެވެ.
މިކަން ހާމަކޮށް ޖޭޕީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ ޕާޓީގެ އިސްތަރުޖަމާން އަލީ ޞާލިހް މިއަދު ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އެ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން އައްޔަންކުރައްވާފައި ވަނީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަޒްލީން އައްޔަން ކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލީ އާރިފް އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އަލީ އާރިފު އިސްތިއުފާ ދެއްވި ނަމަވެސް އަދި ޕާޓީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.