ޚަބަރު ސިޔާސީ

ދުވާލަކު 3 ފަހަރު ކޮންމެ ރައްޔިތެއްވެސް ވޯޓު ލާތަން ބަލާލުން ވަރަށް މުހިންމު: ޝުޖާޢު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުވާލަކު 3 ފަހަރު ކޮންމެ ރައްޔިތެއްވެސް ވޯޓް ލާތަން ބަލާލުން ވަރަށް ވަރަށް މުހިންމު ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝުޖާއު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،493 މީހުން ރީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅުމާއި ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝުޖާޢު ވިދާޅުވީ ވޯޓް އޮޅުވާލުމަށް ރީ-ރެޖިސްޓްރޭޝަންގެ ތެރެއިން ބޮޑެތި ވައްކަން ކުރަމުންދާ ކަމަށެވެ.

"ދުވާލަކު 3 ފަހަރު ކޮންމެ ރައްޔިތެއްވެސް ވޯޓް ލާތަން ޗެކްކޮށްލުން ވަރަށް ވަރަށް މުހިންމު.އިންތިޚާބު ހިލާލިޔަ ދިވެހި ރައްޔިތުން ނުދޭނެ" ޝުޖާޢު ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރީ ކުުރުމަށް 25,000އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާގުޅޭ ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށެވެ.

އިދިކޮޅުން ވަނީ ރީ ރަޖިސްޓްރީވާވަރު އިތުރުވަނީ އެމްޑީޕީން އިންތިޚާބަށް ނުފޫޒު ފޯރުވަންވެގެން ކުރަމުން އަންނަ މަސައްކަތުން ކަމަށާއި ބައެއް މީހުންނަށް ނޭނގި ރީ ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

Ads by Ooredoo
  1. ެއަހްމަދް ރަސީދު

    ސުޖާއުމެން ތިހެންބުނެ އެކަން ނުބެލުމަކީ އެޅޭ ޅައެއްޗެއް

  2. ބޭބެ

    ޔާމީނުވެރިކަމުގަ ގޭންގަކަށްނިސްބަތްވާ މީހަކު
    15އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރިކަމަށް
    ފުލުހުންނަށް ހުށައެޅުމުން ކަލެޔާ ނަރިސްއާ
    2މީހުންފަޔަށްހިނިއަރައިގެން އޭރު އުޅުނީ
    ކީއްވެބާ؟
    ބަލަގަ އުމަރުނަސީރު ހޯމު މިނިސްޓަރުކަމުން މިހާރުން
    މިހާރަށް ދުރުކުރަންޖެހޭކަަމަށް އޭރުގޮވިހަނދާންވޭތަ؟
    ވީއިރު ތިޔައީކޮންގޭންގެއްގެ މީހުނެއްބާ؟