ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޖަލްސާއަށް ނުވަދެ ތިބީ އިދިކޮޅު ކެންޕެއިން ޖަގަހައަކަށް މަޖިލިސް ބަދަލުކޮށްފައިވާތީ: ޝަރީފް 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނުވަދެ ތިބީ އިދިކޮޅުން ޕީޕީއެމް/ޕީއެންސީން ކެންޕެއިން ޖަގަހައަކަށް މަޖިލިސް ބަދަލުކޮށްފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ހެނދުނަށް ތާވަލް ކުރި މަޖިލިސް ޖަލްސާ މެދުކަނޑާލާފައިވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން މަޖިލީޖހުގެ ޗެންބަރަށް ވަދެ ވަޑައިގެންފައި ނުވާތީއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ފެއްޓުނު ފަހުން އެ މެމްބަރުން މަޖިލީހުގެ ކުޑަ ދަށުގައި ތިއްބެވި ކަމަށާއި، ނަމަވެސް އެތެރެއަށް ވަދެ ވަޑައިގެންފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ނުވަދެ ތިބީ އިދިކޮޅު ކެންޕެއިން ޖަގަހައަކަށް މަޖިލިސް ބަދަލުކޮށްފައިވާތީ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ނުނިންމާ އިދިކޮޅުން ގަރާރު ހުށަހެޅުމަށްފަހު ކެންޕެއިން ބަހުސް ކުރިޔަށްގެންދާ ކަމަށާއި "އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!