Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުއިއްޒު ޅައިމަގުގެ ރައްޔިތުންނަށް: އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން

މުއިއްޒު ޅައިމަގުގެ ރައްޔިތުންނަށް: އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން

ށ.ޅައިމަގުގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި ޅައިމަގަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، ސިޔާސީ ނޫން އެއްވެސް ވަޒީފާއަކުން އެއްވެސް މީހަކު ވަކި ނުކުރައްވާނެ ކަމަށެވެ. ޅައިމަގުގެ ރައްޔިތުން އެދޭ ގޮތަށް، އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދެއްވައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ސްކޫލްގެ ޖާގަ އިތުރު ކުރުމާއި، ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން ފަދަ ކަންކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު ފަށައިގެން ކުރިއަށްދާ އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލައްވާނެ ކަމަށެވެ. މުއިއްޒު ވަނީ ޅައިމަގުން ދެވަނަ ބުރުގައި، އިތުރު ވޯޓު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް