Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިޔަފާރިތަކަށް ހެޔޮ އަގުގައި އޮފީސް ޖާގަ ލިބޭނެ ގޮތް ހެދުމަށް މުޢިއްޒުގެ ވަޢުދެއް

ވިޔަފާރިތަކަށް ހެޔޮ އަގުގައި އޮފީސް ޖާގަ ލިބޭނެ ގޮތް ހެދުމަށް މުޢިއްޒުގެ ވަޢުދެއް

ވިޔަފާރިތަކަށް ހެޔޮ އަގުގައި މާލެ ސަރަހައްދުން، އޮފީސް ޖާގަ ކުއްޔަށް ހިފޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ށ.ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، މައިކްރޯ ވިޔަފާރި، ނުވަތަ އެއަށްވުރެވެސް ބޮޑެތި ވިޔަފާރިތަކަށް ގްރޭޓަރ މާލެ ސަރަހައްދުން އޮފީސް ޖާގަ ކުއްޔަށް ހޯދުމަކީ، ކުލި ބޮޑު ކަމުން ދަތި ކަމަކަށް ވެފައިވާ ކަމެއް ކަމަށެވެ. މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް، އޮފީސް ސްޕޭސް ކުއްޔަށް ދޫކުރާނެ އިމާރާތެއް ޤާއިމު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
"އެސްއެމްއީ، ކުދި އަދި މެދު ވިޔަފާރިތައް ހިންގުމަށްޓަކައި، ވަރަށް ކުޑަ އަގެއްގައި، ދެން އެކުވެރިންނާއި އެކުގައި، ވާކިން ކޮންސެޕްގައި، ދެ ފަރާތުން ގުޅިގެން، ތިން ފަރާތުން ގުޅިގެން، ކުއްޔަށް ހިފޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެ އިމާރާތުން ކަނބަލުންނާއި ޒުވާނުންނާއި އެހެން ފަރާތްތަކުން ވެސް ފަށާ ވިޔަފާރިތަކަށް ބޭނުންވާ އޮފީސް ޖާގަ އެތަނުން ލިބޭނެ ކަމަށެވެ.
"ދެން އެތާ ތެރޭ ހުންނާނެ ކެފޭތަކާއި އެހެން ހުރިހާ، އެއްޗެއް ވެސް. މިއީ ވަރަށް މޮޑަން(ޒަމާނީ) ކޮންސެޕްޓެއް، ތަރައްގީ ވެފައިހުރި ގައުމުތަކުގައި ހުންނާނެ." މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށާއި، އެކަން ކާމިޔާބު ވެއްޖެނަމަ، މިފަދަ އިތުރު މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ. މިއީ މެނިފެސްޓޯގެ އިޤްތިސާދީ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށް ވެސް އެމަނިކުފާނު ވިދާާޅުވިއެވެ.      

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް