ޚަބަރު ސިޔާސީ

ރައީސް ޞާލިޙް އަނިޔާވެރިއެއް ނުވާނެ، ވައްކަމެއްވެސް ނުކުރައްވާނެ: ޝައުނާ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ޝައުނާ ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރައްޔިތުންނަށް އަނިޔާވެރިއެއް ނުވާނެކަމަށާއި، ދައުލަތުގެ މުދަލުން ވައްކަމެއްވެސް ނުކުރައްވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ގަލޮޅު ކަންމަތީގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަައުނާ ވިދާޅުވީ ރައީސް ޞާލިޙުއަށް ތާއީދުކުރައްވާ އެންމެ ބޮޑު ސަބަބަކީވެސް އެމަނިކުފާނަކީ އަނިޔާވެރި ވެރިޔަކަށް ނުވުމުންކަމަށާއި އަދި ރައްޔިތުންގެ ފައިސާއިން ވައްކަންވެސް ނުކުރައްވާނެތީކަމަށެވެ. އަދި އެއީ ޔަގީންކަން އޮތް ކަމެއްކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަކީ މުޅި ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް ކަމަށާއި އަމާން ރާއްޖެއަކަށް ފެށި ދަތުރުގައި މި ސަރުކާރުން ގިނަ ވަޢުދުތަކެއްވެ، އެ ވަޢުދުތައް ފުއްދިކަމަށް ޝައުނާ ވިދާޅުވިއެވެ.

"އެމްޑީޕީން މި ކުރަމުން އަންނަ މަސައްކަތަކީ މުޅި ރާއްޖެ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއް، 2008 ވަނަ އަހަރު އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތަކީ އަނެއް ދިވެހިރާއްޖެއަށް އަޅުގަނޑުމެން ކުރަން ފެށި ބިޔަބޮޑު ދަތުރެއް"

ޝައުނާ ވަނީ މި އިންތިޚާބު ބޮޑު ތަނުން ރައީސް ޞާލިޙު ކާމިޔާބުކުރައްވާނެކަމަށް ޝައްކުނުކުރައްވާކަމަށާއި ހުރިހާ ރައްޔިތުން ހިއްވަރާއެކު އެމްޑީޕީއާއެކު މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވަނީ އެތައް ދުވަހެއް ވަންދެން އަނިޔާވެރިކަމުގައި ހޭދަކޮށްފައިކަމަށާއި މާޒީގައި ލިބުނު އަނިޔާތައް ރައްޔިތުން ހަނދާން ނުނެތޭނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!