އަމީރު މުއިއްޒުއަށް: އަބަދު އޮޅުވާލައި މަކަރު ހެދުމަކީ އެހައިރަނގަޅުކަމެއް ނޫން

ބޭރު ގައުމުތަކުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ފަދަ މައުލޫމާތުތައް މި ސަރުކާރުން ރައްޔިތުންނަށް ހާމަނުކޮށް ސިއްރުކޮށްފައި ހުންނަ ކަމަށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ފިނޭންސް މިނިސްޓަރު އަމީރު އެކަމަށް ރައްދުދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ބ. ކަމަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ލޯނު ނެގުމަށް ސޮއިކޮށްފައި ހުންނަ އެގްރިމަންޓުތަކުގެ އިންޓަރެސްޓު ރޭޓުވެސް ފާޅުކޮށްލާކަށް މި ސަރުކާރަށް ނުކެރޭކަމަށެވެ.
"ގައުމީ ސަލާމަތަށް ނުރައްކާވާތީ، އެގްރީމަންޓު ތަކުގައި ކިތައް ޕަސެންޓު އިންޓަރެސްޓު އޭގަ ހިމެނެނީ، ކިތައް އަހަރުންތޯ އަނބުރާ ދައްކަން ޖެހެނީ، ބަޔާންކޮށްލީމައި ހަނޑޫ ހަކުރު ފުށް ލިބުމަށް ހުރަސް އެބައެޅޭ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މި ވާހަކަފުޅަށް ރައްދުދެއްވަމުން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުގެ އެއްވެސް މައުލޫމާތެއް ސިއްރު ނުކުރައްވާ ކަމަށާއި ޤާނޫނުގައިވާ ގޮތުގެ މަތިން އެ މައުލޫމާތުތައް މިހާރުވެސް ރައްޔިތުންގެ މަޖިލީހަށާއި އަދި އެމްއެމްއޭއާވެސް ޙިއްޞާކުރައްވަމުން ގެންދަވާކަމަށެވެ.
އަދި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2013 އިން 2018 އަށް މާލީ ހާލަތާއި ބެހޭ ރިޕޯޓުތަކާއި ދަރަނިތަކުގެ ތަފްޞީލް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުއްވުމުން، އެ ފޮރުއްވާފައިގެން އުޅުއްވި ބޭފުޅުން އެފަދަ ވާހަކަ މިއަދު ދެއްކެވުން އެހާ ރަނގަޅު ނޫންކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މުއިއްޒުއަށް ރައްދުދެއްވަމުން އަމީރު ވިދާޅުވީ އަބަދު އޮޅުވާލައްވައި މަކަރު ހެއްދެވުން އެއީ އެހައި ރަނގަޅު ކަމެއް ނޫންކަމަށެވެ.
ކޮބާ ކަލޭގެ ލަދު ހަޔާތް ކަންކަން އޮޅުވާލެމުން ތިއައީ ކަލޭމެން. ލިސްޓު ވަރައް ދިގު
އަބަދުއޮޅުވާލުން ރަނގަޅެއްނޫން އެއްބާއިރު އޮޅުވާލަންޖެހޭނީ!؟؟ހައްހައްހެއް…
ހުރިހާ ކަމަކީ ދައުލަތުގެ ސިއްރޭ ކިޔައިގެން ރައްޔިތުންނަށް ވަގުހެދުމުގައި މުޅި ދައުރު ހޭދަކޮށްފައި މިހާރު ކޯޗެކޭބާ މި ކިޔަނީ
މީހާގެ ދީނީ ސިފަހުއްޓަސް ދޮގުތައް ހަދަމުންދާ ކަމީ ރަގަޅު މީހެއް ނޫންކަން އަންގާދޭ ކަމެއް.
ވަރިކަމަށް އައިސް ފުރަތަމަ ނެގި 1.8 ބިލިއަން ޑޮލަރު ކޮބާ އަމީރު ބުނޭ އެ ވީކޮންތާކު ؟