ޚަބަރު ސިޔާސީ

ވަޢުދުވުމުގައި ދެ ކެންޑިޑޭޓުން ހައްދުން ނައްޓައިފި، ކޮންމެވެސް ބަޔަކު އެކަން ހުއްޓުވަން ޖެހޭ: އަމްރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވަޢުދު ވުމުގައި ރިޔާސީ ދެ ކެންޑިޑޭޓުންވެސް ހައްދުން ނައްޓައިފިކަމަށާއި ކޮންމެވެސް ބަޔަކު އެކަން ހުއްޓުވަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންގެ މޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަމްރު މިހެން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަމްރުގެ ޕޯސްޓުގައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް އިޝާރަތް ކުރައްވާ އެ ދެ ކެންޑިޑޭޓުންވެސް ވަނީ ވެރިކަން ލިބިއްޖެނަމަ ވަޢުދު ވުމުގައި ހައްދުން ނައްޓާފައި ކަމަށް ވިދާޅުވެފައެވެ.

ހަމަ އެހެންމެ ކޮންމެވެސް ބަޔަކު އެކަން ހުއްޓުވައި ދިނުމަށް އަމްރު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަމްރު ވަނީ ރައީސް ނަޝީދުއަށް ތާޢީދު ކުރައްވާ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންފައެވެ. އަދި އަމްރު ނިސްބަތްވެ ވަޑައިގަންނަވާ ޑިމްކްރެޓްސް އިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމާފައެވެ.

  1. ރަޝީދު

    ހުއްޓުވާނީއެއްނޫން. ވަޢުދު ފުއްދޭތޯ ބަލާނީ :
    އިބޫ އޮތީ ބެލިފައެވެ. އޭނައަކަށް ނުފުއްދޭކަންއޮތީ އެގިފައެވެ. މިފަހަރު ބަލަންވީ މުޢިއްޒު އަށް ފުއްދޭ ތޯއެވެ . 4 އަށް ވޯޓްދެއްވުން ރަނގަޅެވެ.

  2. މުއިއްޒު ތަޖުރިބާކުރެވިއް ކަމަކުނުދެ

  3. ދޮށީބޭ

    އަމްރުބުންޏަސް ތެދެއްވާނީ ތެދެކަށް. އަޅުގަނޑުވެސް އަމްރުގެ ރަޢުޔުއަށް ތާއީދުކުރަން.ޝުކުރިއްޔާ!