ޚަބަރު މީހުން

ކުރީގެ އޮޑިޓަރ ޖެނެރަލަށް ބަޔަކު އިންޒާރުދީ ފުރައްސާރަކޮށްފިކަމަށް ވިދާޅުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމަށް ބަޔަކު މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނިޔާޒު ކުރެއްވި ޕޯސްޓެއްގައި އޭނާއަށް އިންޒާރުދީ ފުރައްސާރަކުރިކަމަށް ބުނާ މީހާ ފެންނަ ފޮޓޯއެއްވެސް އާންމުކޮށްފައިވާއިރު، ނިޔާޒު ވިދާޅުވީ ދިމާކޮށް، މަގުމަތިން އެމީހުން ފުރައްސާރަކޮށް ފޯނުން ރެކޯޑުކުރަމުން އިންޒާރުދީ ހަދަމުން ދިޔައީ މިއަދު ހެނދުނު ބޭންކަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.

Ads by MWSC

އެމީހުން ވަނީ ތަފާތު އެކި އެކި ތުހުމަތުތައް އަޅުވައި، ކޮންތާކުން ހޯދި ފައިސާއެއްތޯ އަހާފައި ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

"މިހާރުއްސުރެ ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން. ވެރިކަން ލިބިއްޖިއްޔާ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާ ކޮށްލައްވާ،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު މިހެން ވިދާޅުވެ ޕޯސްޓުކުރުމުގެ އިރުކޮޅެއް ފަހުން އޭނާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ މީހާވެސް ވަނީ އެމީހުން ނިޔާޒާއި މަގުމަތިން ދިމާކުރިއިރު ކޮށްފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ.

އެ ވީޑިއޯ އާންމުކުރަމުން އެމީހާ ބުނެފައިވަނީ މިއަދު މަގުމަތިން ފެނިގެން ނިޔާޒުއާއި ސުވާލުކޮށްފައިވާނެ ކަމަށާއި ނިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް ފެނުނީއްސުރެ ބޭންކަށް ވަންނަވަންދެން އެމީހުން އޭނާއަށް އެއްވެސް އިންޒާރެއް ދީފައިނުވާކަން އެ ވީޑިއޯއިން ސާފުކޮށް އެނޭގެނަކަމަށެވެ.

އަދި އިންޒާރު ނުދެނީސް ޖިނާޢީ ދޮގު ތުހުމަތެއް އެމީހާގެ ބޮލުގައި އެޅުއްވީތީ އެކަން ތަޙުގީގްކުރަށް އޭނާ ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ނިޔާޒު ވިދާޅުވެފައި ވަނީ އޭނާއަށް މިއަދު ފުރައްސާރަކޮށްފައިވަނީ ޕީޕީއެމްގެ ވެރިކަމެއް އިޔާދަވެއްޖެ ނަމަ ރައްޔިތުންނާ މެދު ކަންތައް ވެދާނެ ގޮތަކާ ދޭތެރޭ ކަންބޮޑުވެވަޑައިގެން އެކަމާއި ގުޅިގެން، ނޫހަކަށް އިންޓަވިއު ދެއްވާފައިވާތީ ކަމަށެވެ.

Ads by Ooredoo
  1. ހަސަނުގެ ދަރި ލަތީފް

    ޢެމީހަކު އެކުރީކީ ވެސް ރަގަޅު ކަމެއް ނޫން
    ދެން ނިޔާޒްުވެސް އެކަމާ އަޅާ ނުލެއްވި ނަމަ ރަގަޅުވީހީ. ޢެމްޑީޕީއަށް ސަޕޯރޓް ނުކުރާ ކޮންމެ މީހަކީ ޕީޕީއެމް މީހެއްވެސް ނޫން. ޢަދި މިސަރުކާރިގެ ކަންތަކަށް ނުރެހޭ ހަމަ ކޮންމެ މީހަކީވެސް ޕީޕީއެމް އެކްޓިވިސްޓެކޭ ނުބުނެވޭނެ. ވެދާނެ އެއީޑިމޮކްރެޓްސް އަށް ސަޕޯރޓް ކުރާ މީހަކަށް ވެސް. ޢެމީހުންވެސް އިބޫ ދެކެ ވަރަށް ރުޅި އައިސްގެންތާ އުޅެނީ. ނިޔާޒުވެސް މިހުރިހާ ދުވަހުވެސް މަޑުން ހުންނެވީ ވިއްޔަ ދެންވެސް އެގިތަޑް ހުންނެވި ނަމަ.