އެމްޑީއޭ، އެމްޑީޕީ ކޯލިޝަނުން ވަކިވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: ޝިފާޒް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހެދި އެމްޑީއޭ އިން ކޯލިޝަން ރޫޅާލައި، ކޯލިޝަނުން ވަކިވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޙައްމަދު ޝިފާޒު މިއަދު ވިދާޅުވެއްޖެއެވެ.
ޝިފާޒްއަކީ އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ، ހުންނަވައި އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްގެ އިސް ސަފުގައި ހަރަކާތްތެރި ވަމުން އަންނަ ޑިމޮކްރެޓްސްގެ މެމްބަރެކެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ސޯޝަލް މީޑިއާ ޕްލެޓުފޯމް އެކްސްގައި ޝިފާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީއޭގެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުން އައި އިތުބާރަށް އަނެއްކާ ވެސް ލޮޅުން އަރުވާލި އަމަލެއް ކަމަށެވެ.
ހަމަ އެހެންމެ އެއީ ސިޔާސީ ޕާޓީއަކުން ކޮށްގެން ވާނެ ވަރުގެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ.
އެމްޑީއޭ-އެމްޑީޕީ ކޯލިޝަނުން ވަކިވެ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާފައި ވާކަން ހަމަކުރުމުން ޝިފާޒް މިހެން ވިދާޅުވެފައި ވާއިރު ޝިފާޒް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.







ކޮމެންޓް