ޚަބަރު

އެތައްސަތޭކަ ބަޔަކާއިއެކު، މުޢިއްޒުގެ ފަހު ކެމްޕެއިން ހަރަކާާތް ފަށައިގެން ކުރިއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިންގެ ފަހު ހަރަކާތް ފަށައިގެން ކުރިއަށް އެބަދެއެވެ.

Ads by MWSC

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އޮފީީސް ދޮރުމަތިން ފެށި މި ހަރަކާތުގައި ވަރަށް ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. މި ހަރަކާތުގެ ތެރެއިން ޗެނަލް13އަށް ދެއްވި އިންޓަރވިޔުއެއްގައި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އެހައި ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ނުކުމެ، މުޢިއްޒުގެ ފަހަތުގައި ތިބީ ސަރުކާރުން ޤައުމު އަޅުވެތިކޮށް، ކުރަމުންދާ ކަންތައްތަކާއި ދެކޮޅުވުމުގެ ގޮތުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. މިއަދަކީ އިންތިޚާބުގައި ވާދަ ކުރާ އެމްޑީޕީ/އަދާލަތާއި ޕީޕީއެމް/ޕީއެންސީއަށް ކެމްޕެއިން ކުރަން ލިބޭނެ ފަހު ދުވަހެވެ. މިއަދު އިރުއޮއްސި 6ގެ ފަހުން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ހިންގުން ހުއްދައެއް ނުވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!