ހޯމް މިނިސްޓަރު ޝައިހް އިމްރާން އާއި އަނބިކަނބަލުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޔުމްނާ ރާއްޖެއިން ފުރުމަށް ޓިކެޓް ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ރޯ ބުހުތާނު ދޮގެއް ކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއަކުން އިމްރާން ރާއްޖެ ދޫކޮށް ފިލަން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާތީއެވެ.
އެގޮތުން އެ ނޫހުގައި އިމްރާންގެ ގާތް ބޭފުޅަކާއި ހަވާލާދީ ރިޕޯޓު ކޮށްފައި ވަނީ ރައީސް ޞާލިހް އިންތިޚާބުގެ ދެވަނަ ބުރުން ނުހޮވޭނެކަން ޔަޤީން ވުމުން މާދަމާ ރޭގެ ވަގުތެއްގައި ތުރުކީއަށް ފުރާގޮތަށް ޓިކެޓު ނަގާފައިވާ ކަމަށެވެ.
އެހެންކަމުން މި ޚަބަރަށް ރައްދުދެއްވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނު ރާއްޖެދޫކޮށް ދާން އުޅޭކަމަށް ބުނެ ތާއަބަދު ކެނޑިނޭޅި ދޮގު ފަތުރާ ޚަބަރަކީ އެ ބޭފުޅުންގެ ފިތުނަ ދޮލަނގަށް އިތުރުކުރި އައިޓަމެއް ކަމަށެވެ.
މީގެ އިތުރުން އެ ޚަބަރަކީ ކަނޑައެޅިގެން ރޯމަރު ބުހުތާނު ދޮގެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ކަލޭދޮގުހަދާވަރުން އެހެންމީހުންވެސް މިހާރު ދޮގުހަދަނީ.