Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން 10 މީހަކު ފުލުހަށް

ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން 10 މީހަކު ފުލުހަށް

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސް ދައްކާ އަދި ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އޮޕަރޭޝަން ބްލޫ ވޭވްގެ ނަމުގައި އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ މަޢުލޫމާތު ހިއްސާކޮށް ފުލުހުން ދެންމެ ބުނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް އެމީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް