ޚަބަރު ސިޔާސީ

ރައްޔިތުންގެ ނިންމުމަށް ތާއީދު ކުރާނަން: ނައިބު ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުމަށް ތާއީދުކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ފައިސަލް ނަސީމް ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށް ފަހުގަސި، ފައިސަލް ނަސީމް ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރިނަމަވެސް، ރައްޔިތުން ނިންމާ ނިންމުން ރަނގަޅުވާނެކަމަށެވެ.

"އަޅުގަނޑަށް އެއިރުވެސް ގަބޫލު ކުރެވުނު އެއް ފަސް އަހަރަށް ހޮވޭ މީހަކީ، އެއީ އަނެއް ފަސް އަހަރަަށް ކޮންމެހެން ހޮވެން މަޖުބޫރެއްވެސް ނުވާކަން، ކޮންމެހެން ވާކަށްވެސް ނުޖެހޭކަން، ރައްޔިތުންގެ ނިންމުމަށް ކަން އެއީވެސް. ފައިސަލް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ގޮތެއް ނިންމަވައިފިނަމަ، އެގޮތެއް ބަލައިގަންނަންވާނެ ކަމަށާއި ކޮންމެ މީހަކުވެސް އިސްކުރަންޖެހޭނީ ޤައުމު ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މިއަދު ހެނދުނު 8:00ގައި ވޯޓުލާން ފެށިއިރު، 5:00އާއި ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!