ޚަބަރު ސިޔާސީ

ރައީސް ޞާލިޙުވެސް އިންތިޙާބީ ރައީސް މުއިއްޒުއަށް މަރުޙަބާ ވިދާޅުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
President of Maldives
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙުއާއި ވާދަކުރައްވައި ޑރ. މުޢިއްޒު ކުރި ހޯއްދަވާފައިވަނީ 126,265 ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޞާލިޙުއަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 105,158 ވޯޓެވެ.

ރައީސް ޞާލިޙް މިރޭ ކުރެއްވި ޓްވީޓެއްގައި މުޢިއްޒުއަށް މަރުޙަބާ ވިދާޅުވަމުން އެމަނިކުފާނުވަނީ އިންތިޚާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުންވީ އެމްޑީޕީއާއި އެ ކޯލިޝަނުގެ ހުރިހާ މެމްބަރުން އެކުގައި ކުރެއްވި މަސައްކަތްތަކަށާއި އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ޞާލިޙް ވަނީ ޝުކުރު ދަންނަވާފައެވެ.

Ads by Allied Insurance
  1. ބަލާތި

    ސަރުކާރެއް ހިންގުމުގައި ވަރަށް މުހިއްމު ވާނެ ނަގާ ކެބިނެޓެއް އެކެބިނެޓް ވާން ޖެހޭނީ ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާ ބަޔަކަށް އެގޮތުން ބަލާއިރު މާލޭ ރަސްފަންނުގައި ކުރަން އޮތް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނި ކޮށް އަސްލަމް އެބާތިލް ކުރީ އުނގުން ވިސްނާ ހަސަދަވެރިކަން ކުރިއަށް ނެެރެގެން އެކަން ކުރިނަމަ ރައީސް އިބޫ އަށް ފައިފާވާނީ މިފަދަ ކަންކަން މިސަރުކާރުން ނުކޮށް ކޮލިޓީ އަދި ކަޓް ނުނަގާ ކެބިނެޓެއް ނަގަން ޖެހޭނީ ޕާރޓީ އަށް ވުރެން ބޮޑަށް ގައުމާއި މެދު ވިސްނާ ކެބިނެޓެއް ނަގަން ޖެހޭނީ އެއީ އެންމެ މުހިއްުމު ކަމަކީ ތެޔޮ ރަމީޒު މެން ފަދަ ފޭކް ސެރޓީފިކެޓް ހިފައިގެން އައިސް ތިބޭ މީހުންނަށް ނޫން މިނިސްޓަރު ކަން ދޭން ޖެހޭނީ އެއީ މާލޭގައި އުޅޭ ބަނޑުއަކިރިން ތަންކޮޅެއް ކޮލިޓީ މާލޭގެ ވިޔާފާރިވެރިން ވެސް ބަލައިގަންނަ މީހުންނަށް މިނިސްޓަރު ކަން ދޭން ޖެހޭނީ،…