ޚަބަރު

އެމްޓީޑީން ޑރ. މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) -- ފޮޓޯ: ސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެމްޓީޑީން މަރުހަބާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއެވެ.

ޑރ. މުއިއްޒު އަދި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވާ ނެރުއްވި ބަޔާނެއްގައި އެމްޓީޑީން ވިދާޅުވީ، މިނިވަން، އިންސާފުވެރި، އަދި އިތުބާރު ކުރެވޭ އިންތިހާބެއް ކަށަވަރުކޮށްދިނުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި މި އިންތިހާބުގައި ވޯޓުލާން ނިކުތް ރެކޯޑް އަދަދަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގެ ދިރުމާއި ޑިމޮކްރަސީއަށް ކުރާ ވައުދުތަކުގެ ހެކިތަކެއް ކަމަށާއި އިންތިހާބީ ރައީސް ޑރ. މުޢިއްޒު، އާ ރައީސްގެ ހައިސިއްޔަތުން، ސަރުކާރުގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް ބާރު އަޅަން އެމްޓީޑީން ވަނީ އެދިފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!