އިންޑިއާގެ ލޯނުތަކަށް ލުއިގޮތެއް ހައްދަވައިދެއްވުމަށް މުއިއްޒު އެދިވަޑައިގެންފި

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއިގޮތްތަކެއް ހައްދަވައިދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ އަރިހުން އެދިވަޑައިގެންނެވިކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
މ. ދިމްޔާތުގައި ހިންގާ އިންތިޚާބީ ރައީސްގެ އޮފީހުގައި ޑރ. މުއިއްޒުއާ ބައްދަލުކުރެއްވުމަށް އިންޑިއާގެ ސަފީރު މޫނު މަހާވަރު ވަނީ މިއަދު ވަނީ އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑރ. މުއިއްޒު އާއެކު އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
[caption id="attachment_199783" align="alignnone" width="1024"]
އިންޑިއާ ސަފީރާއި އިންތިހާބީ ނާއިބު ރައީސް މިއަދު ބައްދަލު ކުރައްވަނީ: ފޮޓޯ: އިންތިޚާބީ ރައީސްގެ އޮފީސް[/caption]
މި ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ސަރުކާރުގައި އިންޑިއާ އާއެކު އޮންނަ ގުޅުން ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

"އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވި"މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް އިންޑިއާއިން އިޙްތިރާމްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށާއި، ރާއްޖެއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކުރައްވާނެކަމަށް އިންޑިއާގެ ސަފީރު ވިދާޅުވެފައިވާކަމަށްވެސް ވަނީ މަޢުލޫމާތު ދެއްވާފައެވެ. ހަމަމިއާއެކު، ދިވެހިރާއްޖޭގެ ދިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް ދިވެހި ރައްޔިތުން ނިންމެވި ނިންމުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިކަމަށްވެސް އިންތިޤާލީ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ސަފީރާ ބައްދަލުކުރެއްވުމުގެ ކުރިން ޑރ. މުއިއްޒު ވަނީ ޗައިނާގެ ސަފީރު ވޭންގް ލިޒިން އަދި އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރއާވެސް ބައްދަލުކުރައްވާފައެވެ.

ކޮމެންޓް