ޚަބަރު ސިޔާސީ

ސިޔާސީ މަސައްކަތަށް ނުކުންނަން ވާނީ ފާޑު ކިޔުންތައް ތަހަންމަލް ކުރުމުގެ ވިސްނުމާ ވެސް އެކު: އިމްރާން

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސިޔާސީ މަސައްކަތަށް ނުކުންނަން ވާނީ ފާޑު ކިޔުންތައް ތަހަންމަލް ކުރުމުގެ ވިސްނުމާއި ވެސް އެކު ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިމްރާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އިމްރާން ވިދާޅުވީ ފާޑު ކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ.

ހަމަ އެހެންމެ ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކޯލިޝަން ޕާޓްނަރު އިމްރާން މިހެން ވިދާޅުވެފައި ވާއިރު މި ސަރުކާރު އައުމުގެ ކުރިން އިމްރާން ވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ފާޑުކިޔުންތަކަށް ފަހު ރައީސް ޞާލިހްގެ ސަރުކާރު ގެނައުމަށް އެ މަނިކުފާނާއި އެކު ހެއްދެވި ކޯލިޝަން އިމްރާން ވަނީ ފާއިތުވި ފަސް އަހަރު ދަމަހައްޓަވާފައެވެ.

ހަމަ އެގޮތަށް އިމްރާން އައީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއަށާއި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!