ޤައުމަށް ހެޔޮއެދޭ މަޖިލީސް މެންބަރުން ޑިމޮކްރަޓްސްއަށް ގުޅިވަޑައިގަތުމަށް އަމްރުގެ ދަޢުވަތެއް
ޤައުމަށް ހެޔޮއެދޭ މަޖިލީސް މެންބަރުން ޑިމޮކްރަޓްސްއަށް ގުޅިވަޑައިގަތުމަށް މިއީ އެންމެ ރަނގަޅު ވަގުތުކަމަށް އެޕާޓީގެ ރަނިންމޭޓުގެ ގޮތުގައި ރިޔާސީ ރޭހަށް ނިކުންނެވި އަދި ކުރީގެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަމްރު ވިދާޅުވީ ސިޔާސީ ހަލަބޮލުކަމަށް ނިމުން އަންނަން ޖެހޭކަމަށާއި ރައްޔިތުންނަށް ހަމަނޭވާއެއްލެވެން ޖެހޭކަމަށެވެ. އަދި ޤައުމުގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދެއްވާ އެމްޑީޕީގެ މަޖިލީސް މެންބަރުން ޑިމޮކްރެޓްސްއަށް ގުޅިވަޑައިގަތުމަށް އޭނާ ވަނީ ދަޢުވަތު އަރުވާފައެެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރަޓްސްއަށް ތިން ވަނަ ލިބިފައިވާއިރު، އެޕާޓީން ވަނީ އެއްވެސް ކެންޑީޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައެވެ. ނަމަވެސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ޑިމޮކްރަޓްސްއިން ވަނީ އެމަނިކުފާނާއެކު ސަރުކާރު ހިންގުމުގައި އެކި މަޤާމުތަކުގައި އެޕާޓީއަށް ނިޞްބަތްވާ މެންބަރުން ތިއްބަވާނެކަމަށް އެޕާޓީގެ އިންޓެރިމް ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައިވެސް ޑިމޮކްރަޓްސް އިން ވާދަކުރާނެކަމަށް އެޕާޓީން ވަނީ ހާމަކުރައްވާފައެވެ.
ނުގުޅުނީމައިވެސްއަމްރުމެމްބަރުންނަށްއާދޭސްކުރަނީތަ
ގިޓާބުނީބަސްނުވިކޭއޮޑީގެދިރުނބާކޮޅަކަށްދެނެއްނާރާނަން