ޚަބަރު ސިޔާސީ

ރައީީސް ޔާމީންގެ އިސްތިއުނާފު ލަސްކުރަނީ ޕީޖީ ޝަމީމް ބައެއްގެ ނުފޫޒުގައި ޖެހިގެން: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ހޯޕް ކޮންފަރެންސްގައި-

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އިސްތިއުނާފު މައްސަލަ ލަސް ކުރަމުންދަނީ، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް، ބައެއްގެ ނުފޫޒުގައި ޖެހިގެން ކަމަށް ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗެނަލް13އަށް އެކަނި ދެއްވި ބަސްދީގަތުމެއްގައި ކުރީގެ ނައިބު ރައީސް ޖަމީލު ވަނީ، ވ.އާރަށް މައްސަލައިގެ އިސްތިއުނާފުގެ އެންމެ ފަހުން ތާވަލު ކުރި އަޑުއެހުން ވެސް ޕީޖީގެ އެދުވަޑައިގަތުމަށް ފަސްކުރިއިރު، މިއީ ބައެއްގެ ރޭވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

އަދި މިހާރު މި މައްސަލައަށް ތަފާތު އެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، ކޯޓުން މި މައްސަލައިގައި ފިޔަވަޅު އަޅުއްވާ، (ކޯޓުން) މައްސަލައިގެ އިސްތިއުނާފު ހިނގާނެ މަގެއް ދައްކަވާށޭ. ކޯޓަށް އެ ބާރު ލިބިގެންވެޔޭ، އެހެންވީމަ، އެކަން ކޮށްދެއްވާށޭ." އެމަނިކުފާނު ވިދާޅުވިއެވެ.

އާރަށު މައްސަލައަކީ، ރައީީސް ޔާމީން ސިޔާސީ މައިދާނުން އެއްފަރާތް ކުރުމަށްޓަކައި ސަރުކާރުން ގެންގުޅު ކާޑުކަން ޖަމީލު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ، އަދިވެސް(ސަރުކާރުން) ޤަބޫލުކުރައްވަނީއޭ، މިހާރު މިއޮތް އިންތިޤާލީ މަރުޙަލާގެ ތެރޭގައި، އަލަށް އުފެދެން އުޅޭ ސަރުކާރާއި، ޕީޕީއެމް/ޕީއެންސީތެރެ ބައިބައިކުރަން ތިމަންނަމެންނަށް، މިކަންކަން ކުރަން ބޭނުންވާ ސިޔާސީ އެކްޓަރުން އެބަތިއްބެވި، އެހެންވީމަ، އެފަރާތްތަކުގެ އަދިވެސް މަސްލަހަތު އޮތީ ރައީސް ޔާމީން އަދިވެސް ހައްޔަރުކޮށްގެންނޭ،"

މީގެ އިތުރުން މިހާރު ކުރިއަށްދާ އިންތިޤާލީ މަރުޙަލާގެ ސްޓެބިލިޓީ ގެއްލުވައިލައި، އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އުނދަގޫ ކުރުމަކީ ވެސް ރައީީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާ ސަބަބެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

Ads by Ooredoo
  1. ދިވެހި މުސްކުޅިން

    ދަރިފުޅާ ޔާމީނު އާއެކު ޖަމީލު އެކަނިވާ ތަން ދުވަސްކޮޅަކުން ފެންނާނެ އެކަމަކު އެކަން ވާނީ މަޖިލިސް އިންތިޚާބަށްފަހު އެ އިންތިޚާބުގައިވެސް ވިއްކާނީ ޔާމީނު އޭރު ކޯޓު ތައް ގޯސްކަމުގެ ވާހަކަ ވަރަށް ބާރަށް އަޑުލާ ގޮވާނެ ޔާގީނުންވެސް ކަށަވަރުވެގެންދާނީ ޔާމީނު ސާފުބާކީ ވެގެންދާ ތަން ހިތާ ހިތާ ކިޔާނެ އިބޫވަރެއް ނެތޭ އޭނާ ޔާމީނު ގެއަށްވެސް ބަދަލުކޮށާްދިންތާއެވެ. އަބަދުގެ އަބަދަށް ޖަލުގެ ހުރަގޭގައި ކުރިއަށް އޮތް 5 އަހަރު ޔާމީނު ހޭދަކުރާނެ މަދުވެގެން