ޚަބަރު ސިޔާސީ

އެންމެންގެ ރުހުންލިބުމަކީ އެއްވެސް މީހަކަށް، ދުވަހަކުވެސް ވާނެކަމެއް ނޫން: އިމްރާން

ރައުފާ ރަޝީދު ، ދެން އޮންލައިން
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

އެންމެންގެ ރުހުންލިބުމަކީ އެއްވެސްމީހަކަށް،ދުވަހަކުވެސް ވާނެކަމެއް ނޫންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިކްރާން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރަނގަޅުކަމެއް ކުރަންއެދޭމީހާ މީސްތަކުންގެ ރުހުމާއި، ނުރުހުމައް ނުބަލާ ކުރިޔަށްދާންވީކަމަށެވެ. ކިތަންމެ ބޮޑު ހެޔޮކަމެއް ކުރިޔަސް ނުރުހުންވެ، ދެކޮޅުހަދާނެ ކޮންމެވެސް ބަޔަކު ތިބޭނެކަން ހަނދާންކުރަން ޖެހޭ ކަމަށެވެ.

“ހެޔޮ،ރަނގަޅު ކަމެއް ކުރަންއެދޭމީހާ މީސްތަކުންގެ ރުހުމާއި، ނުރުހުމައް ނުބަލާ ކުރިޔަށްދާންވީ. ކިތައްމެ ބޮޑު ހެޔޮކަމެއް ކުރިޔަސް ނުރުހުންވެ،ދެކޮޅުހަދާނެ ކޮންމެވެސްބަޔަކު ތިބޭނެކަން ހަނދާންކުރާށެވެ. އެންމެންގެ ރުހުންލިބުމަކީ އެއްވެސްމީހަކަށް، ދުވަހަކުވެސް ވާނެކަމެއް ނޫން” އިމްރާން ވިދާޅުވިއެވެެ.

މީގެ އިތުރުންް ވެސް އިމްރާން ވަނީ ފާޑުކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށްހީއެއް ކަމަށް ވިދާޅުވެފައެވެ.

‏އަދި ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައި ކަމަށް ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!