ޚަބަރު ސިޔާސީ

ޓްރެފިކް ޖޫރިމަނާތައް މަޢާފްކުރާ ތަމްރީން ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޓްރެފިކް އުސޫލްތަކާއި ޚިލާފްވެގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެއެވެ.

Ads by MWSC

މިކަން ހާމަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ބޮޑު ކަމަށާއި، މިހާތަނަށް 850 މީހުން އެ ޕްރޮގްރާމްގައި ބައިވެރިވެފައި ވާކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތެއްވެސް 20 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ކްލާހެއްގައި 65 މީހުން ހިމެނުމަށް މަސައްކަތްކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ހަމަޖެހިފައި ވަނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރި ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ.

މިގޮތުން މި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ.

ޓްރެފިކް ޖޫރިމަނާ ތަކަށް ލުޔެއް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ނިންމަވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!