ޚަބަރު ސަރުކާރު

ދިޔަމިގިލީ ސްކޫލުގެ 10 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތ.ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް މިއަދު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ޙަވާލުކުރީ 400 ދުވަސްތެރޭގައި ނިންމާ ގޮތަށް،  10،686،305.77ރ އަށް، އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ.

އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ފަޒުލީން މުޙައްމަދު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!