Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

11 ގަޑިއިރުގެ ތެރޭގައި ކޭކް ޑޯނާސް އިން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

11 ގަޑިއިރުގެ ތެރޭގައި ކޭކް ޑޯނާސް އިން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ކޭކް ޑޯނާސް އިން އިއްޔެ ބޭއްވި ފަންޑް ރެއިސިންގ ހަރަކާތުގެ ތެރެއިން 11 ގަޑިއިރުގެ ތެރޭގައި 350،000 އާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބިއްޖެއެވެ.

ތަފާތު އެކި ބާވަތްތަކުގެ ކެއުންތަކާއި، ޕޭސްޓްރީސް އާއި ބުއިން ވިއްކުމަށް މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި އިއްޔެ ހެނދުނު 7:00 އިން ހަވީރު 6:00 އަށް ސްޓޯލްތައް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން ހދ. ފިނޭގެ އެ ކޮމިއުނިޓީގެ ވޮލެންޓިއަރުން ހަރަކާތްތެރިވެ، މާލެ ސަރަހައްދުން 341،865 ރުފިޔާ އަދި ފިނޭއިން 5،406 ރުފިޔާއާއެކު ޖުމްލަ 347،271 ރުފިޔާ ލިބިފައިވާކަމަށް ކޭކް ޑޯނާސްގެ ފައުންޑަރ ޢާއިޝަތު ޝެރިން ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

ހަމަަ މިއާއެކު އެހީގެ ގޮތުގައި 365 ޑޮލަރާއި 55 ޔޫރޯ ލިބިފައިވާކަމަށްވެސް މަޢުލޫމާތުދީފައިވެއެވެ.

11 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ މި ހަރަކާތުން ލިބުނު ހުރިހާ ފައިސާއެއް މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެންޕޭން (އޭއަސީ) އަށް ހަދިޔާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް