ދިވެހީން އެއްވެ ގޮވައިލީ އިޒްރޭލް ބޮއިކޮޓް ކުރުމަށް

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި، ރޭ ވެސް ވެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި އެއްވުމުގައި، ގިނަ ބަޔަކު ވަނީ އިސްރާއީލު އެކީ ބޮއިކޮޓްކޮށް، ޔަހޫދީ ދައުލަތުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އެދި އަޑު އުފުލާފައެވެ.
ރޭގެ މުޒާހަރާއަކީ "ރައިޓް މޫވްމަންޓް"ގެ ފަރާތުން އިންތިޒާކުރި ބޮޑު މުޒާހަރާއެކެވެ.
މި ހިނގާލުން ފަށާފައިވަނީ މާލޭ ސޯޝަލް ސެންޓަރު ކައިރިންނެވެ. މި ބޮޑު އެއްވުމުގައި އެންމެ ކުރީސަފުގައި ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގެ މައިގަނޑު އަމާޒަކަށް ވެސް ހަދައިފައިވަނީ އެއްވެސް ކުށެއް ނެތް ފަލަސްޠީނުގެ އަންހެނުންނާއި ކުޑަކުދިންނެވެ.
މީގެކުރިން ވެސް އިޒްރޭލުން ފަލަސްޠީނަށް ހަމަލާދޭ ކޮންމެ ފަހަރަކު، ދިވެހީން ވަނީ ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލައިފައެވެ. މި ފަހަރުގެ ހަނގުރާމަ ފަށައިފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އެތައްހާސް ބަޔަކު މަގުމަތިވެ، އެންމެ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ނުކުޅެދިފައިވާއިރު، ދިވެހީންގެ ފަރާތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައެވެ.
ި