އިންޑިއާގެ ކުންފުންޏަކާއެކު ހަދަން އުޅޭ އެއްބަސްވުން މަޑުޖައްސާލަން އިންތިޚާބީ ރައީސް އެދިވަޑައިގެންފި
ދިވެހިރާއްޖެއަށް ބޭސް އެތެރެކުރުމަށް އިންޑިއާގެ ޓަމިލްނާޑޫ ކުންފުންޏާކާއެކު ހަދަން އުޅޭ އެއްބަސްވުން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ މި އެއްބަސްވުން ހަދަން އުޅޭކަމަށް ފާހަގަވެފައިވަނީ ޓްރާންސިޝަނަލް ކޮމީޓީން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.
އިންޑިއާގެ ޓަމިލްނާޑޫ ކުންފުންޏަކާއެކު ހަދަން އުޅޭ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ބޭހާއި އެއާއި ގުޅޭ އެހެނިހެން ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ މި އެއްބަސްވުމަކީ ދިވެހިންގެ އަސާސީ ޚިދުމަތްތަކާއި ގުޅޭ ކަމަކަށްވުމުން، މިކަން އެހާ ބާރުމިނުގައި ކުރިއަށް ގެންދިއުމަކީ އިންތިޚާބީ ރައީސް ކަންބޮޑުވެލައްވާކަމެއްކަމަށެވެ.
މީގެކުރިންވެސް ފިރުޒުލް ވަނީ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކަށް ބޭނުންވާ ސިއްޙީ ސާމާނުގެ ދެވަނަ އޯޑަރުޖަހާފައި ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވައި ސަރުކާރުން ވަނީ ދަތިކަމެއްނެތި ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ލިބޭނެކަމަށް ބުނެފައެވެ.
ބޭސްފަރުވާގެ އެއްބަސް ވުމެއް އިންޑިޔާއެކު ހެދުމަކީ ލިބޭ
އަނިޔާ ނުވެނުދާނެ.