ޚަބަރު އިޖުތިމާޢީ

ދިވެހިންގެ އެހީގައި ފަލަސްތީނުގައި އަޅާ މިސްކިތުގެ 80 އިންސައްތަ ނިމިއްޖެ: އައިއޭސީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ދިވެހިންގެ އެހީގައި ފަލސްތީނުގައި އަޅާ މިސްކިތް...ފޮޓޯ: އައިއޭސީ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ރައްޔިތުން ހަދިޔާކުރި ފައިސާއިން އެޤައުމުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހާމަކޮށްފިއެވެ.

Ads by STELCO

އެކްސްގައި ކުރި ޕޯސްޓެގައި އެޖަމިއްޔާއިން ވަނީ ދިވެހިންގެ އެހީގައި ޣައްޒާގައި ބިނާ ކުރެވޭ ފުރަތަމަ މިސްކިތުގެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ދިވެހިންގެ އެހީގައި ފަލސްތީނުގައި އަޅާ މިސްކިތުގެ މަސައްކަތުގެ ތެރެއިން...ފޮޓޯ: އައިއޭސީ

މަސްޖިދުލް ޤުއްދޫސް: ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރެވޭ ފުރަތަމަ މިސްކިތުގެ އަޕްޑޭޓް:

  • މިސްކިތުގެ %80 މަސައްކަތްވަނީ 7 އޮކްޓޯބަރުގެ ހަމަނުޖެހުންތަކުގެ ކުރިންވަނީ ނިމިފައި.
  • މަސްޖިދުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްމިވަނީ އެއްކޮށް ނިމިފައި (ހިއްކުން, ބެކްފިލިންގް, ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް)
  • ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާޙް (އިރުމަތީ ޣައްޒާ) ސަރަހައްދުވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފަ.
  • އޮކްޓޯބަރު 21 ވަނަ ދުވަހާއި ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ!

އެ ޖަމިއްޔާއިން ކުރި ޕޯސްޓުގައި މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ ފޮޓޯ ވަނީ ހިއްސާކޮށްފައެވެ. އަދި މި ފޮޓޯތަކަކީ މަސައްކަތް ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯތަކެއްކަމަށާއި މިވަގުތު ޣައްޒާގެ ހާލަތު ހުރިގޮތުން އެންމެ ފަހުގެ ފޮޓޯތައް ނެގޭގޮތް ވެފައި ނުވާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ދިވެހިންގެ އެހީގައި ފަލސްތީނުގައި އަޅާ މިސްކިތުގެ މަސައްކަތުގެ ތެރެއިން...ފޮޓޯ: އައިއޭސީ

ފަލަސްތީނަށް އެހީވުމުގައި ރާއްޖެއަކީ ނަމޫނާ ޤައުމެއްކަން ދަނީ ސާބިތުކޮށްދެމުންނެވެ. މި މަހު ފެށުނު ހަމަލާތަކުގައި ހާލުގައި ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ބާއްވައިގެން އެތައް މިލިއަން ރުފިޔާއެއް ވަނީ އައިއޭސީއަށް ހަދިޔާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!