ޚަބަރު ސިޔާސީ

މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ޑިމޮކްރަޓްސްއިން ނިންމައިފި!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައިވާކަމަށް ދަ ޑިމޮކްރަޓްސްއިން ނިންމައިފިއެވެ.

Ads by Sosun Fihaara

ހ. މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގައި ތަމްސީލުކުރާ ދާއިރާތައް މަދުކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި، އެކަން ކާމިޔާބު ނުވިނަމަވެސް މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް އެޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

އެ ޕާޓީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީސް ތަމްސީލުކުރާ ދާއިރާތަކުގެ އަދަދު 76 އަށް މަދުކުރުމަށާއި އެހެން ބައެއް ބަދަލުތައްވެސް ގެނައުމަށްޓަކައި ޤާނޫނު އަސާސީ ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.

"މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނުކުރައްވާފައި އެވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމާ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެން ނަމަވެސް އެއަށްވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާޙުގައި، ޤާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާޙުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް، އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ވެސް އެހެން ތަންތަނުގައި ވެސް ކުރަމުން ގެންދިއުން" ޙަސަން ލަތީފު ވިދާޅުވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ދަ ޑިމޮކްރަޓްސްގެ ކައުންސިލް މެންބަރުންގެ އިއްތިފާޤުން އެ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމުގެ މަސައްކަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ.

  1. ދާއޫދުު

    ދެން ތިނޫންބައެއްް އަހަރުމެންް ބޭނުމީ. ގޮނޑިތައް ހުސްކޮށްލާދެން

  2. ރެފިއުޖީ

    އަވަހައްލާ އަރެމެންމިތިބީ ކެއްމަދުވެފާ ކަލޭމެންނައް ވޯޓްދޭހިތުން