Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކޮށްފި

މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކޮށްފި

ހދ. މަކުނޫދޫގައި ނަރުދަމާގެ މަސައްކަތްކުރަމުން ދިޔަ ސައިޓެއްގައި ބާރުގަދަ އެއްޗެއް ގޮވައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް ޢާއިލާއާއި ޙަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވާކަމަށާއި މިހާރު ހަށިގަނޑުތައް އާއިލާއާއި ޙަވާލު ކުރެވިފައިވާކަމަށެވެ.

މި ހާދިސާގައި މަރުވި ދެ މީހުންނަކީ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެރަށަށް ގޮސް ތިބި ދެ ބިދޭސީންކަމަށްވާއިރު އެ ދެމީހުންގެ ހަށިގަނޑުގެ ބައިތައް ސައިޓުގެ 200 ފޫޓެއްހާ ދުރަށް ބުރައިގެން ދިޔަކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

ފާއިތުވި ހޮނިހިރު ދުވަހު ހިނގި މި ޙާދިސާއާއި ގުޅިގެން އެސަރަހައްދު ބަންދުކޮށްގެން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ބަލައި ތަޙްޤީޤުކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް