ހަނގުރާމަ ހުއްޓައިލަން ޔަހޫދީން ބޭނުމެއް ނުވޭ، އދގެ ޤަރާރާއި ވެސް ދެކޮޅު

އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓައިލަން ގޮވައިލައި، އދ އިން ފާސްކުރި ޤަރާރު ބަލައި ނުގަންނާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އުރުދުން އިން ޔޫއެން އަށް ހުށަހެޅި ޤަރާރުގައި ވަނީ ހަނގުރާމަ ހުއްޓާލައި، ޣައްޒާއަށް މި ވަގުތު ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދޭން ގޮވާލާފައި ވެއެވެ.
ޤަރާރަށް ފަލަސްޠީނުގެ ސަރުކާރާއި ހަމާސް އިން ވެސް މަރުޙަބާ ކިޔައިފައުވާއިރު، އިޒްރޭލުން ބުނަނީ ހަމަލާ ދިނުން ހުއްޓައިނުލެވޭނެ ކަމަށާއި، އައިއެސް ޖަމާޢަތް ނައްތައިލަން ހަމަލާތައް ދިން ފަދައިން، ހަމާސް ވެސް ނައްތާލަން ޖެހޭނެ ކަމަށެވެ.
މުޅި ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑައިލައި، ޔަހޫދީން ގެންދަނީ އެއްވެސް އިމެއް ނެތި، ޣައްޒާއަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.