މޯލްޑިވިއަން ރެޑް ކްރެސެންޓުން 2 ޓަނާ ގާތްކުރާ އަދަދަކަށް ކުނި ނަގައިފި

މޯލްޑިވިއަން ރެޑް ކްރެސެންޓުން އިސްނަގައިގެން މަސްވެރިންގެ ޕާކު ސާފުކޮށް، އެ ސަރަޙައްދުން ގާތްގަނޑަކަށް 2 ޓަނުގެ ކުނި ނަގައިފިއެވެ.
މިއަދު ހިންގި "ކޯސްޓަލް އޭރިއާ ކްލީންއަޕް 2023" ގެ ދަށުން މަސްވެރިންގެ ޕާކު ސަރަޙައްދު ސާފުކުރުމަށްފަހު، އެ ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ވަނީ 1.97 ޓަނުގެ ކުނި ނަގާފައިވާކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 1.38 ޓަނުގެ ޕްލާސްޓިކް އަދި ރަބަރު ހިމެނޭ ކުންޏާއި، 570.4 ކިލޯގެ ހިކި ކުނި އަދި 24.6 ކިލޯގެ ތެތް ކުންޏެވެ. މީގެ ތެރޭގައިވެސް ގިނައީ ޓަޔަރުކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ރެޑް ކްރެސެންޓުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ މީހުންނަށް ޝުކުރުއަދާކޮށްފައެވެ.