ރައީސް ޔާމީން "ރަށު ބަންދަށް" ބަދަލުކޮށްފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހުމް މުޙައްމަދު ޞާލިޙު ނާކާމިޔާބުވެވަޑައިގެންނެވި ފަހުން، މި މަހުގެ ފުރަތަމަ ދުވަހުއެވެ.
މާލެ ސިޓީގެ ހުޅުމާލޭގެ ކައުންސިލަރު ޝުޖާޢު ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވަނީ ބޭއިންސާފު ހުކުމެއްކަން ހިނގަމުން މިދާ ހުރިހާ ކަމަކުން ސާފުވެގެންދާ ކަމަށާއި، އެމަނިކުފާނަށް އިސްނާފު ލިބެންޖެހޭ ކަމަށެވެ.
ޙުކުމެއްގައި ބަހައްޓައި ރައީސް ޔާމީނަށް ދޭ ކޮންމެ ލުޔަކީވެސް އަނިޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ގޭބަންދުން ވީއްލައި މާލެ ބަންދުގައި ބެހެއްޓުމަކީ ވެސް އަނިޔާއެއް. ރައީސް ޔާމީންގެ މައްޗަށް ޝަކީލު އިއްވީ ހަރާމް ހުކުމެއް. އަލީ ރަޝީދުވެސް އިއްވީ ހަރާމް ހުކުމެއް. ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން މިދަނީ ހާމަވަމުން. ރައީސް ޔާމިނަށް ދެމުންގެންދާ އަނިޔާއަށް ނިމުން ގެނުވީ ރައްޔިތުން ނުކުމެ އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ދެއްވި ވޯޓް.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން މިސަރުކާރުން އުންމީދު ކުރީ އިންތިޚާބުތައް ކާމިޔާބުކޮށް ރައީސް ޔާމީންގެ ނަން ފަނޑު ކޮށްލެވޭނެ ކަމަށް ކަމަށާއި، އެހެންނަމަވެސް ރައްޔިތުން ވަނީ އެކަން ނިމުމަކަށް ގެނެސްފައި ކަމަށެވެ.
އެގޮތުން ރައްޔިތުން މިސަރުކާރު ވޯޓުން ބަދަލުކޮށްފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"އެ އަނިޔާ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ޤައުމު ދެކެ ލޯބިވާ އެންމެހައި ރައްޔިތުންގެ ހިތުގަ ޖެއްސި. އޭގެ ނަތީޖާ އަކީ އެމް.ޑީ.ޕީގެ މައްޗަށް ޕީ.ޕީ.އެމް/ޕީ.އެން.ސީ ކާމިޔާބު ހޯދުން. މިއަދަކީ އެދުވަސް.
އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ.
އެހެންވިއްޔާ އަނެއްކާ ގެންގޮސް ވަގު ކަލޭގެ ޖަލައް ގަޅާލާ.