ދިވެހިބަހުގެ އެކެޑަމީގެ ޚާއްސަ ފޮތް މައުރަޒެއް ބާއްވަނީ

ދިވެހިބަހުގެ ފޮތްތަކަށް ޙާއްސަކޮށް "އަސްކަނި ފޮތް މައުރަޒު" ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމައިފިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ލިބެންހުރި ފޮތްތަކަށް ޚާއްސަކޮށް ބާއްވާ މި މައުޒަރުގައި ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ، އަދަބީ ފޮތްތަކާއި ވާހަކަ، ނާވިލު އަދި ތަފާތު މައުލޫމާތުތައް ލިބޭ ފޮތްތައް ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" އާއި، "އިބުނުބަޠޫޠާ ދިވެހިރާއްޖޭގައި" އާއި މަރުޙޫމް މުޙައްމަދު ޖަމީލްދީދީގެ ބައެއް ފޮތްތައް ލިބެން ހުންނާނެކަމަށާއި ދިވެހިބަހުގެ ޤަވާއިދު ފޮތްތަކާއި ބަހުގެ ހަމައިގެ އަތްމަތީފޮތް ލިބެން ހުންނާނެކަމަށް އެކެޑަމީން މައުލޫމާތުދެއެވެ.
މި ފޮތް މައުރަޒުގައި އާންމުކޮށް ފޮތްތައް ލިބެން ހުންނަ އަގަށްވުރެ ހެޔޮކޮށް ލިބެން ހުންނާނެކަމަށްވެސް އެކެޑަމީން ހާމަކޮށްފައިވެއެވެ.
"އަސްކަނި ފޮތް މައުރަޒު" އޮންނާނީ ނޮވެންބަރު 2 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:30 އަށް ދިވެހިބަހުގެ އެކެޑަމީގައެވެ.