ޚަބަރު ސަރުކާރު

މޭޔަރުގެ ގޮތުގައި އާޒިމާގެ ތަސައްވުރަކަށް ވާނީ ސަރުކާރާއިއެކުގައި މަސައްކަތް ކުރުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގެ މޭޔަރުގެ މަޤާމު ފުރުއްވުމަށް އެކަމަނާގެ ތަސައްވުރަކީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށް އެ މަޤާމަށް ވާދަ ކުރައްވާ އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އާޒިމާ މިހެން ވިދާޅުވެފައި ވަނީ ސަންގު ޓީވީން ގެނެސްދިން "ތޭވީސްގެ ރައީސް" ޝޯގައި ވާހަކަ ދައްކަވަމުންނެވެ. އެކަމަނާ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

ސިޓީގެ މޭޔަރު ކަމުގައި މިވަގުތު ހުންނެވި ޑރ.މުޙައްމަދު މުޢިއްޒު، މާލޭގެ ތަރައްޤީއަށްޓަކައި އެކުލަވައިލެއްވި ޕްލޭން ރަނގަޅު ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، އެމަނިކުފާނަށް ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

"މާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ހިނގާނީ، ޤައުމީ ފެންވަރުގެ ނިންމުންތަކާއި އެކީގައި، އަޅުގަނޑު ޤަބޫލު ކުރާ ގޮތުން." އާޒިމާ ވިދާޅުވިއެވެ.

ޭމިސާލެއްގެ ގޮތުގައި އާޒިމާ އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް އަމާން ކުރުމަށް މަސައްކަތް ކުރާނަމަ، ކުށް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި، އެކަން ކުރެވޭނީ ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!