ޚަބަރު ސިޔާސީ

އައު ސަރުކާރުން އިސްކަންދޭ ކަންކަމުގެ ލިސްޓުގައި ހަމައެކަނި ނެތީ ވައްކަން ހުއްޓުވުން: ޝިފާއު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައު ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޓެގް ކުރައްވައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އަންނަންހުރި ރައީސް ‎މުޢިއްޒު، އިސްކަންދޭ ކަންކަމުގެ ލިސްޓް ވަރަށްދިގު. މިހާރު އިސްކަން ދޭލިސްޓުގަ ނެތީ ހަމައެކަނި ވައްކަމާ ކަރަޕްޝަން ހުއްޓުވުން." އޭނާ ކުރެއްވި ޕޯސްޓުގައިވެއެވެ.

ޝިފާޢު މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަން ހިންގާ ފަރާތްތަކާމެދު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި މުޢިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ތިބޭނީ ތަޢުލީމީ އަދި އިޙްލާސްތެރި ބޭފުޅުން ކަމަށާއި އިތުރު ބަޔަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

“އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެކަންކުރާ ފަރާތެއް ފާހަގަވެއްޖިއްޔާ އަޅުގަނޑު އިސްވެ އެކަމަށް ފިޔަވަޅު އަޅާނީ. އިހުލާސްތެރި ތެދުވެރި މަސައްކަތެއް ކުރަން ނޫނިއްޔާ ނާދެވޭނެ” މުޢިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. ރަާދަމް

    އެމްޑީޕީން ޒީރޯޓޮލަރެންސްގެ ވަޢުވެ ކުރަޕުޝަނާއި ވައްކަން1000ގުނަޔަށް ކުރީ އިތުރު
    ސަރުކާރެއް އަންނަނީ އެފަދަކަންތަށް ހުއްޓުވަން އެއީ މަކަރުވެރި ވަޢުދެއް ވާންޖެހޭ ކަމެއްނޫންކަން ބޮލުރޮދި ކެނޑިފަވާ މީހުނަކަށް ނޭގޭނެ

  2. މުހައްމަދު

    ވަގަށް ނަގަން ކަމުދާ އެއްޗެއްވެސް ނެތީ ކަމަށް ވެދާނެނުން.

  3. މާ މޮޅު މީހެއްކަމަށް ހެދިގެން، ކޮންމެކަމަކަށް އަނގަ ނުބާނާ، މީހާގެ ސައިޒްގައި މީހާ ހުންނަން ދަސްކުރެވޭތޯ ބަލާބަލަ. ޑޮކްޓަރ މުޢިއްޒު ރައީސްޖުމްހޫރިއްޔާ އަކަށް އެ ވަޑައިގަންނަވަނީ ކިތައް ދިވެހިރައްޔިތުންގެ ވޯޓް ހޯއްދަވައިގެންކަން ދެނެހުރިންތަ؟ ތިޔަ ދާއިރާއިން ކިތައްވޯޓް މަނިކުފާނު ހޯއްދެވިންތޯ؟ ކަލޭ ތިޔަކުރި ސުވާލުން ދޭހަވަނީ، ކަލެއަކީ މީހުންދައްކާ ވާހަކަވެސް ފަހުމު ނުވާ، ލަދުކުޑަ ގަމާރު މީހެއްކަމެވެ.

  4. މާ މޮޅު މީހެއްކަމަށް ހެދިގެން، ކޮންމެކަމަކަށް އަނގަ ނުބާނާ، މީހާގެ ސައިޒްގައި މީހާ ހުންނަން ދަސްކުރެވޭތޯ ބަލާބަލަ. ޑޮކްޓަރ މުޢިއްޒު ރައީސްޖުމްހޫރިއްޔާ އަކަށް އެ ވަޑައިގަންނަވަނީ ކިތައް ދިވެހިރައްޔިތުންގެ ވޯޓް ހޯއްދަވައިގެންކަން ދެނެހުރިންތަ؟ ތިޔަ ދާއިރާއިން ކިތައްވޯޓް މަނިކުފާނު ހޯއްދެވިންތޯ؟ ކަލޭ ތިޔަކުރި ސުވާލުން ދޭހަވަނީ، ކަލެއަކީ މީހުންދައްކާ ވާހަކަވެސް ފަހުމު ނުވާ، ލަދުކުޑަ ގަމާރު މީހެއްކަމެވެ.

  5. ވަގުންގރ ވެރިކަން ނިމުނީ

    ތިޔަ ވަގުން ވައްކަން ކުރާތީ ރައްޔިތުން ނުކުމެ ސިފާއުމެންގެ ވަގު ވެރިކަން ބަދަލުކުރީ. އެކަމާ އެހެން ބަޔަކު އުޅޭކަށް ނުޖެހޭނެ.

  6. ޙާރިޖީ

    ޓިނު ވަގަންނެގި ކަލޭގެ ހުއްޓާ އެކަން ނުހުއްޓެވޭނެ އެއްނު

  7. ޑރ. މުޢިއްޒުގެ ސަރުކާރުގެ ލިސްޓްކިތަންމެ ދިގު ނަމަވެސް މިސަރުކާރު ނިމޭއިރު ނުޖެހޭނެ ތިޔަފާހަގަ ކޮށްފައިވާ ވައްކަމާއި ކޮރަޕްޝަން ހިމަނާކަށެއް. އެއީ ރާއްޖެއިން ނައްތާލެވިފައިވާ ބައެއްބަލިތަކެކޭއެއްގޮތަށް ނައްތާ ލެވިފަވާކަމެއް. މަރުތަކުގެ ހަގީގަތްތައް ހޯދާ އަދަބު ދޭންޖެހޭ ފަރާތް ތަކަށް ވަނީ ހައްގު އަދަބު ދެވިފަ. ސިޔާސީ ގޮތުން އެއްވެސްފަރާތަކަށްނުހައްގުން އަދަބެއް ދެވިފަކަނެތް. އަދަބެއްކީއްކުރަންސުއާލެއް ކޮށްލަންވެސް މީހަކު ގެންދާކަށް ޖެހިފަކަނެތް. މިފަދައަމާން އޮމާންފަސް އަހަރު ރާއްޖެ ދުވަހަކުނުދެކޭ ކަމަށްބުނާއަޑުއިވޭ. ނަމަވެސްހަޤީޤަތަކީ މިފަސް އަހަރު ވަރުގެ ބިރުވެރި ނާމާން ދުވަސް ތަކެއް މިދިޔަ 50 އަހަރުތެރޭގަވެސް ނެތްކަން ގަބޫލުކުރާނެ އެތައް ރައްޔިތުންނެއްތިބޭނެ. ގޮތްނޭގޭ މަރުތައްެއެހާގިނަ. ރޯމާދުވާލު މީހުންމަރާ ކޮށާ އެތަޢްބަޔަކު ވީނުވީ ތަނެއްނޭގިގެއްލިފަ ވެއްޖެ. މަގުމަތީގެމުުޒާހަރާތަކުން އެކިއުމުރުގެމީހުން ބަންދުކޮށް އަދި ރައީސް ޔާމީން ހައްޔަރުކޮށް މިކަހަލައެތައް ކަމެއް ހިގާފަވޭ. އަދި ބޮޑެތި ކުށްވެރިންނަށް މިދިޔަފަސްއަހަރު ލިބުނު މިނިވަންކަންވެސް ފާހަަގަކޮށްލަންޖެހާ. މުދަލުގެ އަގުތަކާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް. ޑޮލަރުގެއަގު ކާބޯތަކެތި އަތްނުފޯރާފަށަށްއަރައިފި. ޤަވައިދާޚިލާފަށް އުޅޭ ބިދޭސީންއިންތިހާއަށް އިތުރުވެއްޖެ.