ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ޝުޖާޢު އަނެއްކާވެސް ބާރަށު ދާއިރާގެ ގޮނޑިއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު--

ރައްޔިތުންގެ މަޖިލީހުގެ ހއ.ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާޢު އަނެއްކާ ވެސް އެ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

Ads by MWSC

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު މިކަން ހާމަ ކުރައްވައި ވިދާޅުވީ، އޭނާގެ އިޙްލާސްތެރި އެދުމަކީ މި މަސައްކަތުގައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ލިބުން ކަމަށެވެ.

ޝުޖާޢު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާ ތަމްސީލު ކުރައްވައިފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވައިފައެވެ.

އެ ދެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުރިމަތިލުމަށް ހުޅުވާލާނީ ކުރިއަށް އޮތް ޑިސެމްބަރު 20 އިން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށްވެސް ބަޔާނުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!