ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

Ads by Hajj Corporation

ޖޭއެސްސީއިން ކުރި އިޢުލާނުގައިވާގޮތުން ފަނޑިޔާރުކަމަށް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 12 ވަނަ ދުވަހުގެ ރޭގަނޑު 11:00 އަށް އޮންނާނެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ މަޤާމަށް އިޢުލާނުކޮށްފައި މިވަނީ، ސިއްޙީ ސަބަބުތަކާހުރެ، އެ ކޯޓުގެ ފަނޑިޔާރު އަޙްމަދު ޝަކީލް ރިޓަޔަކުރައްވަން ޖޭއެސްސީއިން ނިންމުމާއި ގުޅިގެންނެވެ. ފަނޑިޔާރު ޝަކީލު ގެންދަވަނީ ހިތުގެ ބައްޔެއްކަމަށްވާ ސިކް ސައިނަސް ސިންޑްރޯމަށް ފަރުވާ ކުރައްވަމުންކަމަށާއި، އެ ބަލީގައި މިހާރު ދެ ފަހަރެއްގެ މަތިން ޕޭސް މޭކަރުވެސް ލައްވައިފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މިދިޔަ އޮކްޓޫބަރު މަހު 30 ވަނަ ދުވަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަންކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!