ރާއްޖޭގައި ހިމާޔަށް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ހަދައިފި

ރާއްޖޭގައި ހިމާޔަށް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކުލަވާލައިފިއެވެ.
އުސޫލުތައް އެއްވަނަ ނަމްބަރުގައި ވަނީ ޤުދުރަތީ މާހައުލުގައި ފެންނަ ވެލަޔާއި ކަހަނބާއެކު ފީނާއިރު 6 ފޫޓްގެ ދުރުމިނެއް ބެހެއްޓުމާއި، އަޑުގަދަވާގޮތަށް އެތަކެތީގެ ކައިރީގައި އަމަލުތައް ނުބެހެއްޓުމަށް އިސްލާހުގެނަސްފައެވެ. އަދި މިދިރުމުގެ ޠަބީޢީ އުޅުމަށް ބުރޫއަރާފާނެ އެއްވެސް އަމަލެއް ހިންގުމަކީވެސް މަނާކަމެކެވެ.
އަދި ކަނޑުމަތީގައި އުޅޭއިރު އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ނުވަތަ މަޑިއެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާދޭ މަރުކަޒުތަކަށް ގެންދިއުމަށާއި ވެލާ ކަހަނބު އަދި މަޑީގެ އެއްވެސް ބާވަތެއް ދާގަނޑެއްގައި އޮޅިފައިވާނަމަ އެއަށް އަނިޔާ ނުވާގޮތަށް ދާގަނޑުން ނައްޓާލާ، ދާގަނޑު މޫދަށް އެއްލާލުމުގެ ބަދަލުގައި ހިކިފަސްތަނަކަށް އަރުވުމަށްވެސް އެ އިސްލާހުގައިބުނެއެވެ.
މީގެ އިތުރުން މަޑީގެ ބާވަތްތައް ދިރިއުޅޭކަން ފާހަގަވާ ސަރަހައްދުތަކުގައި ފައްތިޔާ އަޅަން ވާނީ ފައްތިޔަލުުގެ ވާ ތަކުގައި މަޑިތައް ނޯޅޭނެހެން އަދި އަނިޔާ ނުވާނެހެން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.