Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

މަަސައްކަތްތެރިކަން ދަސްކޮށްދޭ ލެބެއް ކަލާފާނު ސްކޫލުގައި ހުޅުވައިފި

މަަސައްކަތްތެރިކަން ދަސްކޮށްދޭ ލެބެއް ކަލާފާނު ސްކޫލުގައި ހުޅުވައިފި

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގެ ދަށުން ކަލާފާނު ސްކޫލުގައި މަސައްކަތްތެރިކަން ދަސްކޮށްދޭ ލެބޯޓަރީއެއް މިއަދު ހުޅުވައިފިއެވެ.

ކަލާފާނު ސްކޫލްގައި ތަރައްޤީކުރި މި ލެބް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ ސްކޫލްތަކުގައި ހުޅުވާ މިފަދަ ލެބްތަކުން ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައް ކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކްރާފްޓްގެ މަސައްކަތް ދަސްކޮށްދޭނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ތާޖުއްދީން ސްކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި، މަޖީދިއްޔާ ސްކޫލުގައި ވެސް ވަނީ މިފަދަ ލެބްތައް ޤާއިމްކޮށްފައެވެ.

Advertisement
Allied — Dhen Online (box)
މިއީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް