ޚަބަރު ސިޔާސީ

ޖުމްހޫރީ ވެރިކަމަކީ ޤައުމުގެ ވެރިޔަކު ހޮވުމަށް އެންމެ އިތުބާރު ކުރެވޭ ނިޒާމު: ނާޒިމް

ޙައްވާ އިނާޝާ ، ދެން އޮންލައިން
އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން ޤައުމުގެ ވެރިޔަކު ހޮވުމަށް އެންމެ އިތުބާރު ކުރެވޭ، ނިޒާމު ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ނާޒިމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި އިންތިޚާބި ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް އަރިސް ކުރައްވާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެގޮތުން ނާޒިމް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން ޤައުމުގެ ވެރިޔަކު ހޮވުމަށް އެންމެ އިތުބާރު ކުރެވޭ، ނިޒާމު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޤައުމުގެ ވެރިޔަކު އިހުތިޔާރު ކުރުން މިއީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު އިތުބާރު ކަމަށާއި އެހެން ކަމުން ޖުމްހޫރީ ދުވަހަކީ ރައްޔިތުން ގޮތް ނިންމުގެ ފުރިހަމަ ބާރާއި އާރު ލިބިފައިވާ ދުވަހެއްކަން ހަނދާން ކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ ތާއީދާއެކު ޤައުމުގެ ވެރިޔަކު ހޮވުމަށް، ޤާނޫނުން ރައްޔިތުންނަށް ތަނަވަސްކޮށްދީފައިވާ ފުރުޞަތަކީ ޤައުމުގެ ތަރައްޤީ އަށް ރައްޔިތުން އެދޭ ބަދަލު ގެނުވުމަށް އޮތް ވަރަށް ތަނަވަސް ފުރުޞަތެކެވެ.

ހަމަ އެހެންމެ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ބައިވެރިވުން އޮވެމެ، މުޅި ޤައުމަށް ހެވާ ލާބަ ލިބިގެންދާ ވެރިކަމުގެ ނިޒާމެއް ކަމަށްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޤައުމުގު ކަންކަން ކުރިއަރާ ތަރައްޤީ ވުމަށް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް އޮންނަޖެހޭ ކަމަށާއި ޤައުމު ބިނާކުރުމުގައި ޤައުމީ ފިކުރު އޮންނަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ބަލާތި

    މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޮޑު ނާޗަރަނގީ އެއް ކުޅޭ އުސޫލުން މަޖްލީހުގެ އިދާރާ އިން ބޭރުގައި 220 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރާވަރު ކަމެއް ނޫނޭ ތިޔާއީ މިދަނޑިވަޅުފައި އެމެރިކާ އަދި އިންޑިއާގެ ބޮޑުންނަށް ދައުވަތުދީގެން މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް ގެނައުން މިދެނީ ވަރަށް ނުބައި މެސެޖެއް ދުނިޔޭގެ ކަންކޮޅު ތަކުގައި ތިބި މުސްލިމުންނަށް މުއިއްޒު އަށް ހަމަ ނުފެންނަނީބާ އިޒްރޭލުން މަރަމުންދާ ފަކަސްތީނު ކުޑަކުދިންނާއި އާންމުން ނުފެންނަނީތޭ ތަ ފެއްސެންވޫއޭ ތައް ނޭގެއޭ ރަނގަޚަށް ދިވެހި ބަހުން ވާހަކަ ދައްކަން ވެސް ދޯ ތަ ފެއްސެންވީއޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ތަ ތީ ޔަހޫދީއެކޭ