އާލާސްކަންފުޅާ އުޅުއްވާތީ ބަޖެޓު ހުށަހަޅަން މިނިސްޓަރ އަމީރް ވަޑައިނުގަންނަވާނެ

ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ސިއްހީ ހާލު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލިހަށް އަންގަވައިފިއެވެ.
ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވީ ނަމަވެސް ބަލިހާލަތު ހުރިގޮތުން ހާޒިރުވެވެން ނެތް ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާވަލުކޮށްފައިވަނީ މިއަދު 9:00 ގައި އޮންނަ ޖަލްސާއަށެވެ.
ބަޖެޓު ހުށަހެޅުމުގެ ޖަލްސާގެ އިތުރުން، ރައީސް ނަޝީދު ވަކިކުރާ ގަރާރު ވެސް ވަނީ މިއަދު ހެނދުނު 11:00 ގައި އޮންނަ ޖަލްސާއަކަށް އަލުން އެޖެންޑާކޮށްފައެވެ.