Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެފްކޯންސްގެ ޖޫރިމަނާ މާފުނުކުރަން ނިންމައިފި

އެފްކޯންސްގެ ޖޫރިމަނާ މާފުނުކުރަން ނިންމައިފި

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކުރި ޖޫރިމަނާ މައާފް ނުކުރަން އެންވަޔަރަމަންޓު މިނިސްޓްރީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން ހެދި ސާވޭ އަށް ފަހު، އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި މިނިސްޓްރީން އެގޮތަށް ނިންމީ ބޯޓުގެ ވެރިފަރާތުން މިދިޔަ އަހަރު ޑިސެމްބަރު ހަތެއްގައި އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.

އަދި ނަގަންޖެހޭ ކޮންޓްރޯލް މެޝާރސްތައަށް އެޅިނަމަ އެ ހާދިސާއިން ސަލާމަތްވާވުމުގެ ފުރުސަތު ކޮންޓްރެކްޓަރަށް އޮތްކަމަށް މިނިސްޓްރީން ބެލި ބެލުންތަކުން ފާހަގަ ވެފައިވާ ކަމަށާއި މިގޮތަށް ކުރެވޭ ޖޫރިމާނާތަކުން ލިބޭ ފައިސާއިން، ނުވަތަ އެފައިސާއިން ބައެއް ނަމަވެސް ތިމާވެށިގެ ގޮތުން ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަ ކުރުމުގެ ފުރުސަތި އީޕީއޭއަށް ލިބިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައިގެ ޖޫރިމަނާ ގެ ގޮތުގައި ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީޕީއޭ ގެ އެންވަޔަރަންމަންޓް ރެސްޓްރޯޝަން ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާ ކަަމަށާއި މި ފައިސާ، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށާއި އަދި މިފަދަ މަސައްކަތްތައް ކުރުމަށް އީޕީއޭ ގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އަހަރުގެ އޯގަސްޓް 16ވަނަ ދުވަހެވެ. އެ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވިލިމާލެ ފަރަށް ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް