ޚަބަރު ސިޔާސީ

މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ރައީސް ވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ރައީީސް ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

Ads by MWSC

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރަނިލްއަށް މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރު ޝާހިދު އާއި، އައު ސަރުކާރުގައި އެ މަޤާމާއި ޙަވާލުވެވަޑައިގަންނަވާނެ މޫސާ ޒަމީރެވެ.

‏އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސްރީ ލަންކާގެ ރައީސް، ހިޒް އެކްސެލެންސީ ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަކީ އޭނާ އަށް ލިބުނު އުފަލެއް އަދި ޝަރަފެއް ކަމަށެވެ.

"ރައީސް ވިކްރަމަސިންހަ އާއި ސްރީލަންކާގެ ރައްޔިތުންނަކީ ރާއްޖޭގެ ދެގޮތެއް ނުވާ އެކުވެރިން. އަދި ޑިމޮކްރަސީގެ މަގުގައި ރާއްޖެއަށް އެންމެ ބޮޑަށް ތާއީދުކުރި އެއް ބައިވެރިޔާ. އިންތިޚާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވިކްރަމަސިންހަ ކުރައްވާ މިދަތުރުފުޅަކީ ދެޤައުމު ގެ ދެމެދުގައި އޮތް ގުޅުމުގެ ވަރުގަދަކަމުގެ ރަމްޒެއް." ޝާހިދު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ވަޒީރަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ޚާއްޞަ މަންދޫބަކާއި، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން ޚާއްޞަ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންތިޚާބީ ރައީސް އާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ހުވާ ކުރައްވަވާނީ، މާދަމާ ހަވީރު 04:45ގައި، ޖުމްހޫރީ މައިދާނުގައެވެ.

Ads by Ooredoo
  1. އެމެރިކާ އެއީ ފަލަސްތީން ބިމުގައި އިސްރާއީލު ކިޔާ ނަހަލާލު ދަރިއަކު ބަލާބޮޑުކުރާ ބައިގަޑެއް އިސްޜާއީލަށް ހަތިޔާރު ދީގެން އެމީހުން ލައްވާ ފަލަސްތީން އަންހެނުންނާއި ކުޑަކުދިން ޝަހީދު ކޮށް މިސްކިތް ތަކާއި ހޮސްޕިޓަލް ސްކޫލް ޔުނިވާރސިޓީ ފަދަ ތަންތަން ހަލާކުކުރާ ބަޔެއް ، އެފަދަ ބަޔަކު ދިވެހިން ޤަބޫލެއްނުވާނެ ތިޔަފަދަ ޖަލްސާއެއްގައި ބައިވެރިކުރަން !

  2. އިޖާބައެދެމޭ

    ފަލަސްތީނު ރައްޔިތުން ބޮލަށް ބޮންއަޅާ އެމެން ނައްތާލަމުން އެދަނީ އިޒްރޭލާއި އެމެރިކާ އަޑީގައި ތިބެގެން މާތްވެގެންވާ ހުކުރު ދުވަހު ހަމަ އިސްލާމީ ގައުމެއްގެ ހާކިމާ ހުވާ ކުރާ ރަސްމިއްޔާތު ޚަރަދު ކުޑަކޮށް މަޖްލީހުގެ އިދާރާގައި ކުރެވެން އޮތްވާ ބޮޑެތި ޚަރަދުކޮށްގެން މަޖްލީހުގެ އިދާރާއެއް ބިނާ ކުރާނެ ފައިސާ ޚަރަދުކޮށްގެން މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޭްއްވުން އަދި ބައިޑަންގެ ވަފްދެއް އެކަމަށް ގެނައުން މީ ޕީޕީއެމް ގަބޫލުކުކުރާ ގޮތެއް ނޫން ކަށަވަރު ޔަގީން އިނގޭތީވެ މިހެން މިބުނަނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް މުއިއްޒުގެ ނެތީއޭ އެހެންވީމާ މި ނާޗަރަނގީ ކުޅޭނީ އަދު 1 އިން ފެށިގެން ގޮސް 3 ދުވަސް ވަންދެން ބޯކޮށް ވާރޭވެހި ޖުމްހޫރީ މައިދާނުގަެި ހަދާފައި ހުރި ހުރިހާ ތަކެތި ހަލާކު ކޮށް ނައްތާލާ ވަރު ކުރައްވާނދޭންވެ.
    .

  3. އިޖާބައެދެމޭއެދެމޭ