މިރޭ ހަވާ އަރުވާ ގަޑި ލަސްކޮށްފި

މިރޭ މާލޭގައި ހަވާ އަރުވަން ނިންމާފައިވާ ގަޑި ލަސް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިރޭ ހަވާ އަރުވާ ގަޑި 21:30އަށް ލަސްކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ 21:00ގައެވެ.
މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ރައީސް ޑރ. މުޢިއްޒު ހުވާ ކުރެއްވުމާއި ގުޅިގެންނެވެ.
ހަވާ އެރުވުން އޮންނާނީ އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުގެ ސަރަހައްދުގައެވެ.
ޚަރަދު ކުޑަ ކުރައްވާނެ މިވެރިކަމުގައި ރައްޔިތުންންށް ކަމެއް ކޮށްދޭން ވެއްޖެނަމަ ފައިސާ ފޮށީގައި ފައިސާ ނުހުންނާނެ އެކަމަކު ހާކިމާގެ ކަންކަމަށް މިލިއަނުން ޚަރަދު ކުރާނެ ފައިސާހުންނާނެ ފެނިގެންމިދިޔާ ހުވާކުރުން ބޮޑު ނާޗަރަނގީ އެއްގޮތަށް 250 މިލިއަން އެކަމަށް ތަޅާ ބުރުއްސާލީ ރައްޔިތުންނަށް ދޭ ކާރޑު ކޮޅަށްދޭ ބަންޑާރަ ބައި ކަނޑާލާ ހަނޑޫ ކިލޯ އެއް 50 ރުފިޔާ އަށް ރައްޔިތުން ބަނގުރޫޓުވުމުގެ ރޮގުން ދުނިޔޭގެ ރިކޯރޑް ފޮތުން އެއްވަނަ ޕީއެޗްޑީ ވެރިކަން ހަމަ